ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބާރު ސްޕީޑްގަ ވެހިކަލް ދުއްވުން- މުޖުތަމަޢުއަށް އޮތް އެންމެ ބޮޑު އެއް ބިރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބާރު ސްޕީޑްގަ ވެހިކަލް ދުއްވުން- މުޖުތަމަޢުއަށް އޮތް އެންމެ ބޮޑު އެއް ބިރު!

ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރު ސްޕީޑްގައި ވެހިކަލް ދުއްވުމަކީ މިހާރަށް ބަލައިފިނަމަ މުޖުތަމައުއަށް އާންމުވެފައިވާ އެންމެ ބޮޑު އެއް ބިރަށް މިވަނީ ވެފައެވެ. ކޮންމެ ދުވަހަކީވެސް މިފަދަ އެކްސިޑެންޓްތަކުގެ ސަބަބުން އެތައް ބއަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ދުވަހެކެވެ.

ޚަބަރުގައިވާ ޓްވީޓްގައިވާ ވީޑިއޯ އިން ރޭ ހައިވޭގައި ހިނގިހާދިސާގައި ކާރަށް ލިބުނު ގެއްލުން ފެނެއެވެ. ރޭގެ ހާދިސާގައި އަނިޔާ ލިބިފައިވަނީ ކާރުގައި ތިބި 2 މީހުންނަށް އެކަންޏެވެ. ހާދިސާ ހިނގީ ދަންވަރުކަމަށްވުމުން ހައިވޭގައި ވެހިކަލް މަދުވުމުން އިތުރު ބައަކަށް އަނިޔާ ނުވި ނަމަވެސް ރޭ ހިނގާފައިވާ ހާދިސާއަކީ ވަރަށް ނުރައްކައުތެރި ހާދިސާއެވެ.

ބާރު ސްޕީޑްގައި ހައިވޭގައި ރޭ ދުއްވި ޕްރައިވެޓް ހުއްޓިފައި ވަނީ މަގު ދެފަޅިކުރާ ފެންސްގައި ޖެހުމަށްފަހު ފެންސް ފަޅާލައި ގޮސް، ހޮޅި ދަނޑިއެއްގައި ޖެހި އަދި މޫދު ތޮށިގަނޑުގައިވެސް ޖެހިގެންނެވެ.

https://twitter.com/auxamu/status/1096973624274120704

މިއަދު އޮންލައިން