އިސްކަންދަރު ސްކޫލް ކުރިމަތީގަ އޮތް ކަފިހިހުރަސް މަތިން އަންހެނެއްގެ ގައިގަ ސައިކަލަކުން ޖެއްސި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އިސްކަންދަރު ސްކޫލް ކުރިމަތީގަ އޮތް ކަފިހިހުރަސް މަތިން އަންހެނެއްގެ ގައިގަ ސައިކަލަކުން ޖެއްސި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި

އިސްކަންދަރު ސްކޫލް ކުރިމަތީގައި އޮތް ކަފިހިހުރަސް މަތިން އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ރޭ އިރުއޮއްސި 7 ޖަހާ އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަންޒަރު ފެނުނު މީހަކު ބުނީ އަނހެން މީހާ ކަފިޖި ހުރަސް ހުރަސްކުރަން މަސައްކަތް ކުރީ ކުޑަ ދެ ކުދިން ގޮވައިގެން ގޮވައިގެން ކަމަށާއި ސައިކަލުން އަންހެންމީހާގެ ގައިގައި ޖެހުމުން ދެކުދިން ދިއައީ ވިއްސައިގެން ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެއް ކުއްޖެއްގެ ނިތްކުރި ހިސާބުން މަށައިގެން ދިއަ ކަމަށާއި އަނހެން މިހާއަށް ވެސް އެކިވަރުގެ އަނިޔާލިބުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މިމަހުގެ 12 ދުވަހުގެ އިރުއޮއްސުނު ވަގުތު ސެނެހިޔާ ކައިރިން ކަފިހުރަސްކުރަނިކޮށް ކާރަކުން ޖެއްސި އަންހެން މީހާއަށް މިހާރުވެސް ގެންދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ކޯޓު އަމުރު ނުދިނުމުން ޑްރައިވަރު ބަންދުކުރެވޭނެ ގޮތް އަދިވެސް ވަނީ ނުވެފައެވެ.

މިއަދު އޮންލައިން