ދީނީ ޚިޔާލުތަފާތުވުންތަކުން އެއްކިބާކޮށް އެއްބައިވަންތަކަމާއި ޞުލްޙަ މަޞްލަޙަތުކަން ޤާއިމުވެފައިވާ މުޖުތަމައުއެއް ޤާއިމުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން "އޯގާ ކޭމްޕް"ގެ ނަމުގައި އއ. އަތޮޅުގައި ކޭމްޕެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 52 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އއ. އުކުޅަސް، ހިމެންދޫ އަދި މާޅޮހުގައެވެ. މިކޭމްޕުގައި ސަރުކާރުގެ މުވައްޒިފުންނަށާއި ދަރިވަރުންނަށް އަދި ޢާންމުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
