ގަލޮޅުދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް އަހްމަދު ޢާޡިމް އީސީ އަށް ފޯމް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ގަލޮޅުދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް އަހްމަދު ޢާޡިމް އީސީ އަށް ފޯމް ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅުދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް އަހްމަދު ޢާޡިމް (ނާއްޕެ) އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.

އީސީ އިން ބުނެފައިވަނީ ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ޤާނޫނުގައިވާ ގޮތުގެ މަތިން އަހްމަދު ޢާޡިމް އަކީ މަޖިލީހުގެ އިންތިހާބަށް ޝަރުތުހަމަވާ މީހެއްކަމަށް ބަލައިގަނެފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް 59 ކެންޑިޑޭޓަކު ފޯމް ހުށައަޅާފައިވާއިރު މިހާތަނަށް ޕާޓީތަކުގެ ކެންޑިޑޭޓުންނާއެކު ޖުމްލަ 183 ބޭފުޅެއްގެ ފޯމް އީސީ އަށް ވަނީ ހުށައަޅާފައެވެ.

 

 

މިއަދު އޮންލައިން