އޭސީސީގެ ރައީސް ޙަސަން ލުޠްފީ އާ އިތުރުބައެއްގެ މަނީ ލޯންޑްރިންގ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޙަސަން ލުޠްފީ ޢާއި އިތުރު ބައެއްގެ މައްޗަށް ބަލަމުން ގެންދަނީ މަނީ ލޯންޑްރިންގ އަށް ތުހުމަތު ކުރެވޭ ގޮތަށް މާލީ މުޢާމަލާތްތަކެއް ކޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށެވެ. އަދި މި މައްސަލަތައް ބަލަނީ ކަމާއިބެހޭ ފަރާތުން ހުށަހެޅުމުން ކަމަށެވެ.