މާލެސިޓީ ގައި ރޭ ހިނގި ގްރޫޕު މާރާމާރީއެއްގައި އުމުުރުން 22 އަހަރުގެ ޒުވާނަކު ޒަޚަމް ކޮށްލާ އޭނާގެ ބޯ ފަޅާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިމާރާމާރީ ހިނގާފައިވަނީ ރޭ މެންދަމު 00:45 ހާއިރު އަލިކިލޭގެފާނު މަގުގައެވެ.
މިމާރާމާރީއާއި ގުޅިގެން ޒަޚަމްވި ޒުވާނާގެ ބޮލުގެ ދެ ތަނެއް ދެ އިންޗިއަށް ވަނީ ފަޅައިގެން ގޮސްފައެވެ.
މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން އެކެއްގެ އަތުން ވަޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.
މާރަމާރީ ހިނގި ވަގުތު އެމީހުން ބޭނުންކުރި ދެ ސައިކަލު ވެސް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.