ހުޅުމާލޭން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުޅުމާލޭން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި  ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފެބުރުވަރީ 14ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، މިމީހާ ހައްޔަރުކޮށް ހުޅުމާލޭގައި މިމީހާ ދިރިއުޅެމުންދާ ފްލެޓް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ކޮތަޅު ގަނޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފަވެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މިހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިމީހާވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންއެވެ.

މިއަދު އޮންލައިން