އައްޑޫ ސިޓީ ފޭދޫން ދެ ބިޔަރު ދަޅާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
އައްޑޫ ސިޓީ ފޭދޫން ދެ ބިޔަރު ދަޅާއެކު މީހަކު ހައްޔަރުކޮށްފި

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ދެ ބިޔަރު ދަޅާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް އިންޓެލިޖެންސާއި ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުވަރީ 16 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފޭދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މީނާގެ އަތުން ދެ ދަޅު ބިޔަރު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއްނިންމުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދެ ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މިއަދު އޮންލައިން