"ކޮބާ ސާފު" ގެ ނަމުގައި ހޮޅުދޫގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޢަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
"ކޮބާ ސާފު" ގެ ނަމުގައި ހޮޅުދޫގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޢަށް ގެންގޮސްފި

ކޮބާ ސާފު ގެ ނަމުގައި  ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އެރަށު ޕޮލިސް ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.

ފެބުރުވަރީ 15 ވަނަ ދުވަހު ހޮޅުދޫގައި ކުރިއަށް ގެންދިޔަ ރަށުތެރެ ސާފު ކުރުމުގެ މި ހަރަކާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މޯލްޑިވްސް ޔޫތުން ހިންގާ ކޮބާ ސާފު ޕްރޮގްރާމުގެ ދަށުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މި ޕްރޮގްރާމުގައި، ހޮޅުދޫގެ ވަށައިގެން ވާ މަގާއި ބަނދަރު ސަރަޙައްދާއި ދެކުނު ފަރާތު ތުނޑިން ގިނަ އަދަދެއްގެ ކުނިނަގާ ސާފުކޮށް ފައިވެއެވެ.

ހޮޅުދޫ ބޭސް ޖަމިއްޔާ އާއި އަރިސް ބޮޑުބެރު ގްރޫޕުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ހޮޅުދޫ ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ހޮޅުދޫގެ ޒުވާނުންނާއި ރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ހޮޅުދުއަކީ ތިމާވެއްޓާއި ރައްޓެހި ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް ހޮޅުދޫގައި ހިންގާ މިފަދަ ޕްރޮގްރާމްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑުތަރުހީބެއް ލިބެމުންދާތި މިހަރަކާތް އިންތިޒާމު ކުރިފަރާތުން ޝުކުރު އަދާކުރެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ އެއަތޮޅުތަކުގެ ރަށްރަށުގައި ހިންގޭ މިފަދަ އިޖުތިމާޢީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ.

މިއަދު އޮންލައިން