ގަނާ ކުރުމާއި ގުޅޭގޮތުން އައްޑޫސިޓީ ފޭދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފޭދޫ ސްކޫލްގެ އެދުމުގެ މަތިން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ގަނާ ކުރުމަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތާއި އަދި ސްކޫލު މާހައުލުގައި ގަނާ ކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ބެލެނިވެރިންނާއި ސްކޫލާއި ގުޅިގެން އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ފޭދޫ ސްކޫލުގެ ގްރޭޑް 8ން ގްރޭޑް 10ށް ތަޢުލީމް ހާސިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް މިޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވެއެވެ
ފެބުރުވަރީ 16ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.