ސިކެންސް އޮޓޯމޯޓިވް ޕެއިންޓިންގ ކޮންފަރެންސްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު އިންޑޮނޭޝިއާއަށް ފުރައިފިއެވެ.
ކޯލޯޑް މޯލްޑިވްސްގެ ފަރާތުން، އިންޑޮނޭޝިއާގެ ޖަކާޓަރގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ބައިވެރިވުމަށް އިންޑޮނޭޝިއާއަށް ގޮސްފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ޝާހުއެވެ.
ފެބުރުވަރީ 18ން 22ށް ކުރިއަށްދާ މިކޮންފަރެންސްގައި، ފުލުހުން ބޭނުންކުރަމުންދާ ވެހިކަލްތަކުގެ ޕެއިންޓްކޯޓިންގ ބަދަލުކުރުމާއި ވެހިކަލްތަކުގެ އެހެނިހެން މަރާމާތުތައް ކުރުމަށް ދަސްކޮށްދެވޭނެއެވެ.