ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 42ސ
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކޮށްފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރު ކޮށްފިއެވެ.

މިމައްސަލައާއި ގުޅޭ ގޮތުން މިއަދު މެންދުރު 13:30 ގައި ބޭއްވި (މިމައްސަލައިގެ) ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީންގެ މަނީ ލޯންޑަރިން ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަން ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. 

ރައީސް ޔާމީން އާއި ދެކޮޅަށް ދައުވާ ކޮށްފައިވާ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު މުޙައްމަދު ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވަން އެމަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.  

އެހެންކަމުން އެކަންކަމަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަކި ގޮތެއް ނިމެންދެން ރިމާންޑް ޖަލެއްގައި ރައީސް ޔާމީން ބަހައްޓަން އަމުރުކުރާ ކަމަށް ގަޒީ ހައިލަމް އަމުރު ކުރެއްވިއެވެ. 

މީގެއިތުރުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހެކިންނަށް ރައީސް ޔާމީން ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށާއި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް އެމަނިކުފާނު ފައިސާ ހުށަހެޅި ކަމަށެވެ. 

އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި ރައީސް ޔާމީން ގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެއް މިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ކުރައްވަން އެންމެ ފުރަތަމަ އެމަނިކުފާނު އިންކާރު ކުރެއްވި ނަމަވެސް ފަހުން އެއްބަސްވެ ވަޑައިގަތީ އޭސީސީ އާއެކު އެސްކްރޯ އެކައުންޓެއް ހުޅުވާ ފައިސާ ޖަމާކުރައްވާ ގޮތަށެވެ.

މިއަދު އޮންލައިން