”ރަވާނާ“ ބޯޓުން ދަތުރުކުރި މީހުންގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
”ރަވާނާ“ ބޯޓުން ދަތުރުކުރި މީހުންގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި

މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި "ރަވާނާ" ބޯޓު ރޭ ފަތިހު ރޯވެ އަނދައިގެންދިޔުމާއި ގުޅިގެން، ބޯޓުގައި ދަތުރުކުރި މީހުން ކޯސްޓް ގާޑުގައި މާލެ ގެނައި ތަނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަޑައިގެން އެމީހުންގެ ހާލު ބައްލަވައިލައްވައިފިއެވެ. 

މިހާދިސާގައި ވަނީ ފުވައްމުލަކު ކިނބިދޫގޭ މުޙައްމަދު ކިޔާ މީހަކު ނިޔާވެފައެވެ. ރަވާނާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެދޯނީގައި 16 މީހުން ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.

އެ ބޯޓަކީ ފުވައްމުލަކަށް ނިސްބަތްވާ މުދާ އުފުލާ ބޯޓެކެވެ.

 

 

މިއަދު އޮންލައިން