ސިނަމާލެ ބްރިޖާއި ހައިވޭގައި ފުލުހުން ޗެކްޕޮއިންޓްތައް ހަދައި އެ މަގުން ދުއްވާ ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ޗެކްޕޮއިންޓްތައް ގާއިމު ކުރީ ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކްގެ ގާނޫނާއި ގަވައިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވުމަށް ކަމަށެވެ.
ފުލުހުން މި މަސައްކަތް ފަށާފައިމިވަނީ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ ދުވަސްކޮޅެއްގައެވެ.
ބްރިޖާއި ހައިވޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.