ޔާމީން ހައްޔަރު ކުރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޔާމީން ހައްޔަރު ކުރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމް، މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. 

މިކަން ހާމަކުރެއްވީ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަޙީމް އަބްދުﷲ އެވެ. 

"ސަޕޯޓަރުންނަށް ދަންނަވާލަން. ރައީސް ޔާމީން ބަންދުގައި ބަހައްޓަށް ކުރި ހުކުމް އެޅުގަނޑުމެން ވާނީ މިއަދު އިސްތިއުނާފް ކޮށްފަ" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އޭގެތެރެއިން 1 މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވެއެވެ.

މިއަދު އޮންލައިން