ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވިން އަށް ދިޔަ ނެދަލޭންޑްގެ ފަތުރުވެރިއަކު މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 31ސ
ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވިން އަށް ދިޔަ ނެދަލޭންޑްގެ ފަތުރުވެރިއަކު މަރުވެއްޖެ!

އއ. ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވިން އަށް ދިޔަ ނެދަލޭންޑްގެ ފަތުރުވެރިއަކު ހާލު ދެރަވެގެން މަރުވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާދިސާގައި ހާލު ދެރަވެގެން ބޮޑުފުޅަދޫ ސިއްޙީ މަރުކަޒަށް ގެންދެވުނީ އުމުރުން 69 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށާއި މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ.

 

ބޮޑު ފުޅަދޫ ސިއްޙީ މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މާލެ ގެނައުމަށް އެރަށުން ފުރާފައިވަނީ 12:46 ހާއިރު ކަމަށާއި ނަމަވެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް އެމީހާ ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން