ރައީސް ޞާލިޙްގެ ސަރުކާރު ބަދަލުކުރުމަކީ ބައަކު ދެކޭ ހުވަފެނެއް! އެކަމެއް ނުކުރެވޭނެ!: ޢަލީ ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރައީސް ޞާލިޙްގެ ސަރުކާރު ބަދަލުކުރުމަކީ ބައަކު ދެކޭ ހުވަފެނެއް! އެކަމެއް ނުކުރެވޭނެ!: ޢަލީ ޞާލިޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ބަދަލުކުރުމަކީ ބައަކު ދެކޭ ހުވަފެނެއް ކަމަށާއި އެއީ ޕީޕީއެމުން ކިތަންމެ ވަރަކަށް ކުރަން ބޭނުންވި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަލީ ޞާލިޙް ވިދާޅުވީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުމުން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ބައެއް މީހުންގެ ކިބައި ހުންނަ އެންމެ ނުބައިކަން ބޮޑު އެއް ސިފަ ކަމަށެވެ. އަދި ފިތުނަ އުފައްދާ މީހުން ދައްކާ ވާހަކަތައް ޤަބޫލުކުރުމަކީވެސް މޮޔަ ކަމެއް ކަމަށެވެ.

 

"ލީޑަރު ޤާސިމް އިބްރާހީމްއަކީ އަބަދުވެސް ވައުދު ހިފަހައްޓަވާ ބޭފުޅެއް. ޤާސިމް އިބްރާހީމް އަބަދުވެސް އެގެންދަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނަގަހައްޓަވައި ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން. އެންމެފަހުން ބޭއްވި ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ ވަރަށް ސާފުބަހުން އެކަމުގެ ޔަޤީންކަން ދެއްވާފަ."

 

ޢަލީ ޞާލިޙް ވިދާޅުވީ ލީޑަރު ޤާސިމް އިބްރާހީމް އަކީ، އެމަނިކުފާނަށް ކިތަންމެ ބޮޑު ގެއްލުމެއް، އަނިޔާއެއް ކުރި މީހަކަށް ނަމަވެސް އެއްވެސް ދެރައެއް ލިބެން އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.

 

"ރައީސް ނަޝީދުގެ މައްޗަށްވެސް ޙައްޤު ނޫން ދަޢްވާއެއް އުފުލީމާ އެކަމާ ދެކޮޅަށް ފުރަތަމަ ނުކުންނެވީވެސް ޤާސިމް އިބްރާހީމް. ރައީސް ޔާމީން ހައްޔަރުކުރުމުން އުފާ ނުކުރަން ވިދާޅުވީ އެމީހަކު ކުރި ކުށެއްގެ ސަބަބުން ނަމަވެސް މީހަކަށް ދެރައެއް ލިބޭ ވަގުތު އެކަމާއި އުފާކުރުމަކީ އިސްލާމުންގެ ސިފައަކަށް ނުވާތީ. ޝަރީޢަތްވެސް އަދި ނުނިމޭތީ."

 

"މިފަހަރު އަދުރޭ ވާދަކޮށް ފޮނަދޫ ދާއިރާގެ ގޮނޑިވެސް އިރާދަކުރެއްވިއްޔާ ނަގާނަން. ދެން މިވަރުން ފުދޭނެ ކަމަށް ހީކުރަން." ޢަލީ ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން