މަޖީދީމަގު ސޯސަންމަގު ކަފިހިހުރަސްމަތިން ހުރަސްކުރި އަންހެނަކު މިއަދުވެސް ސަލާމަތްވީ ހަމަ ކިރިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މަޖީދީމަގު ސޯސަންމަގު ކަފިހިހުރަސްމަތިން ހުރަސްކުރި އަންހެނަކު މިއަދުވެސް ސަލާމަތްވީ ހަމަ ކިރިޔާ!

މަޖީދީމަގު ސޯސަންމަގު ކަފިހިހުރަސްމަތިން ހުރަސްކުރި އަންހެނަކު މިއަދުވެސް ސަލާމަތްވީ ހަމަ ކިރިޔާއެވެ.

 

އެވަގުތު އެތަނުގައި ހުރި ވެހިކަލްތައް މަޑުކޮށް ޖާގަ ދިނުމުން އެނާ ހުރަސް ކުރީ ކަންމަތީގައި ހުރި ފާމަސީކައިރިން އިބްރާހީމީ މިސްކިތާ ދިމާއަށެވެ. އެވަގުތު ދުރުން އައި ސަކަލެއް ސޯސަންމަގަށް އެޅީ އެއްވެސް ބެލުމެއް ނެތިއެވެ.

 

ވެހިކަލްތައް މަޑުކޮށްފައި ހުރުމުން އޭނާއަށް ހުރަސްކުރި އަންހެން މީހާ ނުފެނުނީ ކަމަށްވެދާނެއެވެ. ވެހިކަލްތަކެއް ނުދުއްވައި މަޑުކޮށްފައި ހުރިނަމަ އެކަމަށް ސަބަބެއް އޮންނާނެ ކަމަށް ބަލައިލުމަކީ ކުރަންޖެހޭނެ ކަމެކެވެ. އަދި އަރިމަތިން ކުރިއަރައިގެން އައިސް ބަލައިލުމެއް ނެތި ކަފިހިހުރަސްމައްޗަށް އަރާއިރު ވަކިން ބޮޑަށް ބަލަންޖެހޭނެ އެވެ.

 

ކޮންމެ ކަފިހުރަހެއް ކައިރީގައި ޓްރެފިކް ފުލުހުންނަށް ނުތިބެވިދާނެއެވެ. ހުރަސް ކުރުމަށް މަގުމަތީގައި ހަމައެކަނި ރޮނގު ތަކެއް ދެމުމަކީ ހައްލެއް ނޫނެވެ. މިފަދަ މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލަކީ ކެމެރާ ހަރުކޮށްގެން މޮނިޓަރކޮށް ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ފިޔަވަޅު އެޅުންކަން ފާހަގަކުރެވެއެވެ.

 

މިމަހުގެ 12 ވަނަ ދުވަހު ސެނެހިޔާ ކައިރިން ކަފިހިހުރަސްމަތިން ހުރަސްކުރަނިކޮށް ވޭނަކުން ޖެއްސި ހާދިސާގައި އަނިޔާލިބުނު އަންހެން މީހާގެ ހާލު އަދިވެސް އެންމެ ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެއިގެ 3 ރޭ ފަހުން އިސްކަންދަރު ސްކޫލް ކުރިމަތިން ކުޑަ 2 ދަރިން ގޮވައިގެން ކަފިހިހުރަސް މަތިން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސުމުން އަނހެން މީހާއަށާއި ކުއްޖަކަށް ވަނީ އަނިޔާވެފައެވެ.

މިއަދު އޮންލައިން