ޔާމީން އޮންނެވި ގޮޅި ހުރީ އޭސީ ކޮށްފަ، އެހެން ޚިދުމަތްތައް ވެސް ލިބެން ހުރޭ!

ކިޔުމަށް ހޭދަވާނީ 1މ 25ސ
ޔާމީން އޮންނެވި ގޮޅި ހުރީ އޭސީ ކޮށްފަ، އެހެން ޚިދުމަތްތައް ވެސް ލިބެން ހުރޭ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާއި ގުޅޭގޮތުން މަނީ ލޯންޑާ ކުރިކަމުގެ ދައުވާގައި، އެމައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އޮންނެވީ އޭސީ ކޮށްފައި ހުރި ފެންވަރު ރަނގަޅު ގޮޅިއެއްގައި ކަމަށާއި ހުރިހާ ޚިދުމަތްތަކެއް ވެސް އެމަނިކުފާނަށް ލިބޭނެ އިންތިޒާމު އެތަނުގައި ހަމަޖެހިފައިވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ. 

މާފުށީ ޖަލުގައި ބަންދު ކުރެވިފައިވާ ރައީސް ޔާމީން އޮންނެވީ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިތެއް" ގައި ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އަހުމަދު ލުގުމާން ވިދާޅުވިއެވެ. 

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެނގިފައިވާ ގޮތުގައި އެގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއަކާއި ބެކްޔާޑެއް ހިމެނޭ ގޮތަށް އޭސީ އާއި އަލަމާރި އަކާއި އެނދެއް ވެސް ހިމެނޭ ގޮތަށެވެ. މީގެއިތުރުން ފްރިޖަކާއި އެއްޗެހި ދޮންނަ އޮޓޯ މެޝިނެއް ވެސް އެތަނުގައި ބަހައްޓާފައި ހުރުމުގެ އިތުރުން ފާޚާނާގައި ހޫނު ފެނާއި ފިނިފެނުން ވެސް ފެން ވެރެން ހުރެއެވެ. 

އެހެން ގައިދީންނާއި ޚިލާފަށް، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ކުށްވެރިންނަށް ޚާއްސަ ކެއުންތަކާއި، ކަސްރަތު ކުރަން ނިކުމެ އުޅުމަށް ޚާއްސަ ސަރަޙައްދެއް ލިބުމުގެ އިތުރުން އެގޮޅިތަކުގައި ތިބޭ މީހުންގެ ސިއްޙީ ކަންކަން ވެސް ގާތުން ބަލަމުން ގެންދާނެއެވެ. އަދި ކިޔާލަން ރަނގަޅު ފޮތްތަކާއި ނޫސްތައް ވެސް އެގޮޅިން އެމީހުންނަށް ލިބެންހުރެއެވެ.

މިއަދު އޮންލައިން