ރައީސް ޔާމީނު ހައްޔަރުކުރުމުން ޑރ. ޝައިނީގެ ކަންބޮޑުވުން އިންތިހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރައީސް ޔާމީނު ހައްޔަރުކުރުމުން ޑރ. ޝައިނީގެ ކަންބޮޑުވުން އިންތިހާއަށް!

މަނީ ލޯންޑްރިންގ މައްސަލަތަކެއްގެ ތުހުމަތުގައި ރައީސް ޔާމީނު ހައްޔަރުކުރުމުން ރައީސް ޔާމީނުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

ޑރ. ޝައިނީ ސިފަކުރައްވާފައިވަނީ ރައީސް ޔާމީނު ހުންނެވީ ސިޔާސީ ބަންދެއްގައި ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ޤައުމު މިދަނީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ކަމަށެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ހަމައިން މިކަންކަން ހުއްޓޭނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.   

ޑރ. ޝައިނީގެ ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ކުރައްވާ ސުވާލަކީ ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައި ސިޔާސީ ޑްރާމާ ކުޅުއްވައި ޤައުމުގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލެއްވިއިރު މި ވަޒީރުންތައް ކޮބައިތޯ؟ އެވެ. ސިޔާސީ ޑްރާމާ ކުޅުއްވައި ސިޔާސީ ލީޑަރުން ހައްޔަރު ނުކުރައްވަން ރައީސް ޔާމީނަށް ނުދަންނަވައި ތިއްބެވީ ކީއްވެގެންތޯއެވެ؟ 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ "އެހެންކަމަށްވާނަމަ ރައީސް ޔާމީނު ސިޔާސީ ދައުވާ ކުރެއްވި ކަމަށް ޑރ. ޝައިނީ ޤަބޫލުފުޅު ކުރައްވަނީތޯ؟ ސުވާލުކުރައްވައިފައެވެ. އަދި ކިތަންމެ ބޮޑު ސިޔާސީ ދާއީއެއް ނަމަވެސް ކުށެއް ކޮށްފިނަމަ އަދަބު ލިބެން ޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން