މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން އެރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްްފިއެވެ.
ފެބުރުވަރީ 19ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ ނައިފަރުގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމާއި ނައިފަރުގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި. އަދި ނައިފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ މަޢުލޫމާތު އެއްކޮށް ކައުންސިލާ ގުޅިގެން ދަފްތަރެއް އެކުލަވާލުމާއި އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި ޓްރެފިކްގެ މައްސަލަތައް މަދުކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
މިއޮޕަރޭޝަންގެ ތެރެއިން، ނައިފަރުގައި ދުއްވާ 43 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި 15 ފަރާތަކަށް ނަސޭހަތްތެރިވެފައިވެއެވެ.
ނައިފަރު ޕޮލިސް ސްޓޭޝަނުން މިއޮޕަރޭޝަން އެރަށުގައި ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖައްސާފައެވެ.