ލައިސަންސް ނެތި ރޭ ވެސް އަންހެނެއްގެ ގައިގަ ޖައްސައިފި! ދުއްވަން ސައިކަލް ދޭ މީހުންނަށް ފިޔަވަޅު އަޅާނީ ކޮން ދުވަހަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ލައިސަންސް ނެތި ރޭ ވެސް އަންހެނެއްގެ ގައިގަ ޖައްސައިފި! ދުއްވަން ސައިކަލް ދޭ މީހުންނަށް ފިޔަވަޅު އަޅާނީ ކޮން ދުވަހަކުންތޯ؟

ލައިސަންސް ނެތް 18 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލަކުން ޖެއްސުމުން ރޭ ވެސް ވަނީ 54 އަހަރުގެ އަންހެނަކަށް އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ޒުވާނާ ވަނީ ސައިކަލުން ޖެއްސުމަށްފަހު މަޑުވެސް ނުކޮށް ގޮސްފައެވެ. ފުލުހުން ބުނެފައިވަނީ އެއަންހެން މީހާގެ ދެތަނަކުން މަށައިގެން ގޮސްފައިވުމުގެ އިތުރުން އަރިކަށިން އުނގަނޑަށް ތަދުވެފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ ދުއްވި ޒުވާނާ އާއި ޒުވާނާ ދުއްވި ސައިކަލް ހޯދައި ސައިކަލް ޓޯކޮށްފައެވެ. އަދި މައްސަލަ ތަޙްޤީޤްކުރަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން