ހަދަމުންދާ އިމާރާތަކުން ހ.ޒިކުރާޑިގެ ފުރާޅު މައްޗަށް ދަގަނޑު ހޮޅިއެއް ވެއްޓިއްޖެއެވެ.
މިއަދު ހެނދުނު 10:00 ހާއިރު ފުލުހުންނަށް ހަދަމުންދާ އިމާރާތަކުން ހ.ޒިކުރާޑިގެ ފުރާޅު މައްޗަށް ދަގަނޑު ހޮޅިއެއް ވެއްޓިގެވަނީ ރިޕޯޓް ކޮށްފައިވާއެވެ.
ފުލުހުން ބުނީ އެކަން ވަނީ ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރޭ ވެސް މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ދަގަނޑު ބިޑިއެއް ވެއްޓި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެފައެވެ.
މި ފަހަކަށް އައިސް މިކަހަލަ ޚާދިސާތައް އާނމުވެފައެވެ.