މީގެ ހަތަރު ވަރަކަށް ޜޭ ކުރިން މަތިން ވެޢްޓުނު ގަލަކުން ޖެހި ބަނގްލަދޭޝް މީހަކު ވަނީ މަރުވެފައެވެ. އެއްރޭ މެދަށް ދޫކޮށް މަތިން ވެއްޓުނު ކުނި ކަޅު ޑަސްޓްބިން ކޮތަޅަކުން ވަނީ 35 އަހަރުގެ އަނހެނެއްގެ ބޮލުގައި ޖެހި އަނިޔާވެފައެވެ.
ފުލުހުން ބުނާ ގޮތުން ރޭ ވަނީ އިމާރާތްކުރަމުންދާ ހ. މައިސޫރިގެ ދެވަނަ ބުރިން ދަގަނޑު ހޮޅި ގުޅުވަން ބޭނުންކުރާ ދަގަނޑު ބިޑިއެއް ވެއްޓި 17 އަހަރުގެ ކުއްޖެއްގެ ބުރަކަށީގައި ޖެހިފައެވެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެ ކުއްޖާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަލްހަމްދުލިﷲ!
ރޭ އު ކުއްޖާއަށް ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ދެވަނަ ބުރިއަކުން ދަގަނޑު ބިޑިއެއް ވެއްޓި ބުރަކަށީގައި ޖެހުމަކީ މައިބަދައަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތަ ކަމެކެވެ. އެފަދަ ގެއްލުމެއް ލިބުމަކީ ނުކުޅެދޭ ކުއްޖަކަށް ވާންޖެހުމުގެ ފުރުޞަތު އޮތް ކަމެކެވެ.
ގިނަ ބައެއްގެ ސުވާލަކީ މިފަދަ ހާދިސާތައް މިހައި ގިނަވަމުންދާއިރު އެކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު ހަމަ އެޅޭ ބާވައެވެ! ބެލެނިވެރި ފަރާތެއް އެބަހުރިބާވައެވެ!