ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި، ހިލާފް އަމަލުތައް ހުއްޓުވުމަށް މާލެ އާއި ބުރިޖާއި ހައިވޭގެ ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންދިއަ ޓްރެފިކް އޮޕަރޭޝަންގައި ލައިސަންސް ނެތި ދުއްވި 23 މީހަކު ހިފަހައްޓައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަނުގައި މި މަހުގެ 18 ވަނަ ދުވަހު 63 ވެހިކަލް ޗެއްކުކޮށް 5 ފަރާތެއްގެ ލައިސަންސް ހިފަހައްޓައި ، ލައިސަންސް އަތުގައި ނެތި 5 މީހުންނާއި ލައިސަންސް އެއްގޮތަކަށް ވެސް ނެތް 10 ފަރާތެއް ވަނީ ހިފަހައްޓާއިފައިވާކަމަށެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު ވަނީ 71 ވެހިކަލް ވަނީ ޗެއްކުކޮށްފައެވެ. އެއިގެ ތެރޭގައި 15 ކާރާއި 56 ސައިކަލް ހިމެނޭއިރު އެދުވަހު 6 ފަރާތެއްގެ ލައިސަންސް ހިފަހައްޓައި، ލައިސަންސް އަތުގައި ނެތް އެކަކާއި ލައިސަންސް އެއްގޮތަކަށް ވެސް ނެތި 13 ފަރާތެއް ފުލުހުންގެ ވަނީ ހިފަހައްޓައިފައެވެ
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގަމުންދާއިރު ޤަވާއިދާ ޚިލާފްވާ ފަރާތްތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.