ބީއެމްއެލް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 28ސ
ބީއެމްއެލް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

ގއ. ކޫއްޑޫގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ބޭންކްއޮފްމޯލްޑިވްސްއިންމަސްވެރިޔާކާޑާއިޑިޖިޓަލްވޮލެޓް ތައާރަފްކޮށްފިއެވެ. މި ކާޑު ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރާއި ބޭންކުގެ އިސްވެރިން މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަލަށް ތައާރަފްކުރެވުނު މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގޭނެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ "ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ޚިދުމަތް އެންމެންނަށް ވީހާވެސް ގާތުން ފޯރުކޮށްދެވޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމާމެދު އެއްވެސް ޝައްކެތް ނެތް. އެހެންކަމުން މަސްވެރިންނަށް މި ތައާރަފްކުރެވެނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެއް. މަސްެވެރިންނަށް ދޫކުރާ މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާއެކު ނަގުދު ފައިސާ އާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުންނަވައިގެން ބޭންކިންގ ޚިދުމަތް ހޯދޭނެ.ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ލިބޭނެ އެންމެ އުފާރި އެއް ޚަބަރަކީ މިގޮތަށް މަސްވެރިޔާ ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ބޭންކުން ފަސޭހައިން ލޯނުދިނުމުގެ ފުރުސަތު ފަހިވެގެން ދިޔުން."ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުންއަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުން ކަމަށް އެބޭނުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން