މާފަންނު އަޅިވިލާމަގުން ހިނގާފައި ދިއަ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި އޭނާގެ އަތުން 840 ފޭރިގެންފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަސް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3.30 ހައިއިރު ކުރި ރިޕޯޓަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.
މީގެ ދެރެއެއް ކުރިން ވަނީ އޯކިޑް މަގުން މީހެއްގެގެ އަތުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައެވެ.