ހޮސްޕިޓަލްތަކަށް އެއްވެ ބަލިމީހުންނަށް އުނދަގޫވާ ގޮތަށް އަމަލު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މިކަމަށް ފުލުހުން އިލްތިމާސްކޮށްފައިވަނީ އައިޖީއެމްއެޗްގެ ހުޅަނގު ފަރާތު ގޭޓްތެރޭގައި މިއަދު ހަވީރު ޕެޕަރ ޖަހަން ފުލުހުންނަށް ޖެހުނު ސަބަބު ބަޔާންކޮށް މިރޭ ނެރުނު ނޫސްބަޔާނުގައެވެ.
ނޫސް ބަޔާނުގައި ފުލުހުން ބުނެފައިވަނީ ޕެޕަރސްޕްރޭ ޖަހަން ޖެހުނީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރަށް ގިނަ ބައަކު އެއްފަހަރާ ވަންނަން އުޅުމުން އެކަން ނުކުރުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުންވެސް ޤަބޫލުނުކޮށް އެތަނަށް ވަންނަން އުޅުމުން ކަމަށެވެ.
Press Statement: PMC/2019/05 pic.twitter.com/2Z6FYPmQrn
— Maldives Police (@PoliceMv) February 20, 2019