އެސްޓީއޯ ސްޕަރމާޓް ހިންގުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން، މިފްކޯ މިފްކޯގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށް ބަދަލުކޮށްފިއެވެ. މިފްކޯއަކީވެސް އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.
އެސްޓީއޯގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިސްވެރިއަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި އެނަރޖީ އަދި ސްޓޭޕަލް ފުޑްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރު މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ. ރަމްޒީ ވަނީ އެސްޓީއޯގައި ހުންނަވައިގެން މިފްކޯ ހިންގުމުގައިވެސް ޙަރަކާތްތެރިވެވަޑައިގެންފައެވެ.
އެސްޓީއޯގެ ހުރިހާ ވިޔަފާރިތަކަކީވެސް ފައިދާވާ ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓައި ކުންފުނީގެ ހިންގުމަށް މަދަލުތަކެއް ގެންނަވާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޙުސައިން އަމްރު ވަނީ ވިދާޅުވެފައެވެ.