ސްކޫލް، ހޮސްޕިޓަލް ފަދަ ޚިދުމަތް ދޭ ތަންތަނަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ހޯމް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސްކޫލް، ހޮސްޕިޓަލް ފަދަ ޚިދުމަތް ދޭ ތަންތަނަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ހޯމް މިނިސްޓަރ

ސްކޫލް ތަކާއި ހޮސްޕިޓަލް ފަދަ ޚިދުމަތް ދޭ ތަންތަނަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށާއި އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކައުތެރިކަމަކީ އެންމެ އިސްކަން ދޭންޖެހޭ ކަންކަން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ހޯމް މިނިސްޓަރ މިފަދަ ޓްވީޓެއް ކުރައްވާފައި ވާއިރު ރައީސް ޔާމީން އަިއަިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރުގައި އިއްޔެ އެޑްމިޓްކޮށްފައިވަނިކޮށް ރައީސް ޔާމީނުގެ ސަޕޯޓަރުން ކަމަށް ބުނާ ބައަކު އިއްޔެ ހަވީރު ވަނީ އެތަނަށް ގަދަކަމުން ވަންނަން މަސައްކަތްކޮށްފައެވެ. އެކަން ނުކުރަން ފުލުހުން ތަކުރާރުކޮށް ނަޞޭހަތްތެރިވުމުން ވެސް ޤަބޫލުނުކުރުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހައިފައެވެ.

"ސްކޫލް އަދި ހޮސްޕިޓަލް ފަދަ ޚިދުމަތް ދޭ ތަންތަނަށް ގަދަބާރުން ވަދެ ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުމެއް ނޫނެވެ. އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކައުތެރިކަމަކީ އެންމެ އިސްކަން ދޭންޖެހޭ ކަންކަމެވެ. އަމަލުކުރަން އޮންނަ އުޞޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެކަމެއް ޙައްލުކުރާނަމެވެ. އިން ޝާ ﷲ!"

މިއަދު އޮންލައިން