ހުޅުމާލެ ބީޗް ގެސްޓް ހައުސްގެ ރިސެޕްޝަނިސްޓަކަށް ތޫނު އެއްޗަކުން ހަމަލާދީފި!

ކިޔުމަށް ހޭދަވާނީ 26ސ
ހުޅުމާލެ ބީޗް ގެސްޓް ހައުސްގެ ރިސެޕްޝަނިސްޓަކަށް ތޫނު އެއްޗަކުން ހަމަލާދީފި!

ހުޅުމާލެ ބީޗް ގެސްޓް ހައުސް ގެ ރިސެޕްޝަނިސްޓަކަށް، މިއަދު ފަތިހުގެ ވަގުތެއްގައި ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ. 

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ފަތިހު 4:48 ހާއިރު ހިނގި މިހާދިސާގައި، އެމީހާއަށް ހަމަލާދީފައިވަނީ ދެ މީހަކު ކަމަށް ބެލެވޭ ކަމަށެވެ. 

 

ހަމަލާ ދިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

 

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން