މިފްކޯގެ އައު ސީއީއޯ އަކަށް އިސްމާއިލް ފައުޒީ އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
މިފްކޯގެ އައު ސީއީއޯ އަކަށް އިސްމާއިލް ފައުޒީ އައްޔަނު ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަކަށް އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ގއ. ކޮލަމާފުށީ ރޯޝަނީގޭ އިސްމާއިލް ފައުޒީ އިއްޔެ އައްޔަން ކޮށްފި އެވެ.

އިސްމާއިލް ފައުޒީ އެ މަގާމަށް އައްޔަން ކުރެއްވީ، މިފްކޯގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އޭނާ ވަނީ އެކުންފުނީގައި 22 އަހަރު މަސައްކަތް ކުރައްވާފައެވެ. 

މިފްކޯގެ ސީއީއޯ ކަމުގެ މަގާމަށް އިސްމާއިލް ފައުޒީ އައްޔަނު ކުރިއިރު، މީގެ ކުރިން އޭނާ ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާރ ކަމުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ.

މިއަދު އޮންލައިން