ކޮންމެ ވޯޓު ކަރުދާހެއްގައި އީސީގެ ތައްގަނޑު ޖަހަނީ، މިފަހަރުވެސް ޓެބްލެޓު ބޭނުން ކުރާނެ!

ކިޔުމަށް ހޭދަވާނީ 56ސ
ކޮންމެ ވޯޓު ކަރުދާހެއްގައި އީސީގެ ތައްގަނޑު ޖަހަނީ، މިފަހަރުވެސް ޓެބްލެޓު ބޭނުން ކުރާނެ!

މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބޭނުންކުރާ ވޯޓު ކުރުދާހުގައި، ސެކިއުރިޓީ ފީޗާތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ތައްގަނޑެއް ޖަހަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

 

މަޖިލިސް އިންތިހާބާއި ގުޅިގެން މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ސެކިއުރިޓީ ފީޗާތަކުގެ އިތުރުން އީސީގެ ހާއްސަ ތައްގަނޑެއް ކަރުދާހުގައި ޖަހަން ނިންމާފައިވަނީ އިތުރު ޔަގީންކުރުމެއް ހިމެނުމައްޓަކައި ކަމަށެވެ.

 

"ކޮންމެ ވޯޓު ކަރުދާސްކޮޅެއް ދޫކުރުމުގެ ކުރިން މިފަހަރު އިލެކްޝަންސްގެ ތައްގަނޑެއް ޖަހާނެ، އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ހާއްސަ ތައްގަނޑެއް." ޝަރީފް ވިދާޅުވިއެވެ.

 

މީގެއިތުރުން މިއަހަރު ބޭއްވޭ މަޖިލިސް އިންތިހާބުގައި ވެސް ޓެބްލެޓު ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ދިވާވިފަދަ މައްސަލަތައް މަދުވާނެ ކަމަށް ވެސް އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން