އިންތިހާބު ބާއްވާނެ މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް ޕީޕީއެމް އިން އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އިންތިހާބު ބާއްވާނެ މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް ޕީޕީއެމް އިން އެދިއްޖެ

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް ޕީޕީއެމް އާއި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަން ކޮމިޝަންގައި އެދިއްޖެ އެވެ.

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ބުނެފައިވަނީ މިވަގުތު މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާހައުލެއް ނެތްކަމަށާއި އެހެންވެ އިލެކްޝަން ކޮމިޝަނަށާއި މަޖިލީހަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.'

ޕީޕީއެމް އާއި ޕީއެންސީއިން މިހެން ބުނެފައިވަނީ ޕިޕީއެމް ގެ ރައިސް އަބްދުﷲ ޔާމީން އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލަ ބަލައި ނިމެންދެން ހުންނެވީ ކްރިމިނަލް ކޯޓްގެ އަމުރާ އެކު ބަންދުގައެވެ. ރައީސް ޔާމީން މާފުށީ ޖަލަށް ގެންދިޔައީ ހޯމަ ދުވަހު އެވެ.

މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބުވެސް ފަސްކުރުމަށް ޕީޕީއެމްއިން ވަނީ އެދިފައެވެ. އެފަހަރު ކޯޓުން ވަނީ ޕީޕީއެމްއިން އެދުގޮތަށް ކައުންސިލް އިންތިހާބު ފަސްކޮށްދީނެވެ.  

މިއަދު އޮންލައިން