ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. 

އީސީ އިން މިހެން ބުނެފައިވަނި މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް ޕީޕީއެމް އާއި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަން ކޮމިޝަންގައި އެދިފައިވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިފައި އޮތަސް އީސީގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އިންތިޚާބު ބޭއްވުން ކަމަށާއި އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަކަށް އެ ކޮމިޝަނުން ގަބޫލުނުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހާހަމައަށް ވަނީ ހަމަވެފައެވެ. އިންތިހާބުގައި ވާދަ ކުރާނީ 395 ކެންޑިޑޭޓުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން