ކުޑަ އަދަދެއް ދައްކަން ޖެހޭ، ބީއެމްއެލް "ވެހިކަލް ލޯނު" ތަޢާރަފްކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުޑަ އަދަދެއް ދައްކަން ޖެހޭ، ބީއެމްއެލް "ވެހިކަލް ލޯނު" ތަޢާރަފްކޮށްފި!

އަމިއްލަ ބޭނުން ތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް، ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައި ދިނުނުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު "ވެހިކަލް ލޯނު" ތަޢާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިލޯނަކީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދު ތަކަށްވުރެ ވެސް ކުޑަ އަދަދެއް ކަމަށެވެ.

ވެހިކަލް ލޯނުގެ ގޮތުގައި 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށާއި މިލޯނު ނަގަން އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

މިލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދެއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ 20% ކަސްޓަމަރު އަމިއްލައަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި ބީއެމްއެލް ވެހިކަލް ލޯނުގެ ދަށުން ގަންނަން ހުށަހަޅާ ކޯޓޭޝަނަކީ އެބޭންކާއެކު އެގްރިމެންޓު ކުރެވިފައިވާ ޑީލަރެއްގެ ކޯޓޭޝަނަކަށް ވާންވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

މިލޯނު ހޯދުމަށް އެދޭ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިޔުންތަކާއެކު ބީއެމްއެލް ގެ ކޮންމެ ބަރާންޗަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެބޭންކުން ބުނެފައިވެއެވެ.

މިއަދު އޮންލައިން