44 ވަނަ ސީޒަރ އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް ޢާއިލީ ޑްރާމާ "ކަސްޓަޑީ" ހޮވައިފިއެވެ.
ފްރާންސްގެ ޑައިރެކްޓަރ ޒަވިއަރ ލެގްރާންޑްގެ މި ފިލްމަށް އެންމެ އެވޯޑު ޙަވާލުކުރުން އޮތީ ޕެރިހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެންމެ މޮޅު ފިލްމުގެ އިތުރުން ކަސްޓަޑީން ވަނީ އެންމެ އޮރިޖިނަލް ސްކްރީން ޕްލޭ، ބެސްޓް ލީޑިންގ އެކްޓްރެސް އަދި ބެސްޓް އެޑިޓިންގ އެވޯޑުވެސް ހޯދާފައެވެ.
ފްރާންސްބަހުން އުފައްދާފައުވާ މި ފިލްމާއި ބެހޭގޮތުން ޑައިރެކްޓަރ ޒަވިއަރ ބުނީ މި ފިލްމު ހަދަމުން ދިޔަ އިރު، 2016 ވަނަ އަހަރު އެކަނިވެސް 123 އަންހެނުން ގެވެށި އަނިޔާގެ ސަބަބުން މަރާލާފައިވާ ކަމަށެވެ. އަދި މި ފިލްމުގެ އެކްޓްރެސްގެ ގޮތުގައި ހޮވާފައިވާ ލީ ޑްރަކަރ (ފިލްމުގައި މަރިއަމް) އަކީވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ބައްޕަގެ ފަރާތުން ޖިންސީ އެތައް އަނިޔާތަކެއް ލިބިފައިވާ ފަރާތެއް ކަމަށެވެ.
"މި އެވޯޑު މި އުފުލާލީ ގެވެށި އަނިޔާ ތަހައްމަލު ކުރަމުންދާ ހުރިހާ އަންހެނުންގެ ޙައްޤުގަ. މިއީ އެމީހުންގެ އެވޯޑެއް" އެވޯޑާއި ޙަވާލުވުމަށްފަހު، ލީ ޑްރަކަރ ބުންޏެވެ.
މި ފިލްމު ނުވަތަ ޑްރާމާގައި ގެވެށި އަނިޔާ އާއި ދެމަފިރިން ވަރިކުރުމުން ދިމާވާ ތަފާތު އެކި މައްސަލަތަކުގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާފައިވެއެވެ.