ވަގަށް ނެގި ތިޖޫރީ ފެނުނީ ހިތަދޫ ފުއްޓަރު ފަރާތުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
ވަގަށް ނެގި ތިޖޫރީ ފެނުނީ ހިތަދޫ ފުއްޓަރު ފަރާތުން!

އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މިހިނގާ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަގަށް ނެގި ތިޖޫރީ، ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު ވަލުތެރެ ބަލާ ފާސްކުރީ، ތިޖޫރި އެތަނުގައި އޮތްކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން ތިޖޫރީ ވަގަށް ނެގީ ލައްކައަކަށް ވުރެ ގިނަ ރުފިޔާއާ އެކުގަ އެވެ. ނަމަވެސް ތިޖޫރީ ފެނުނު އިރު އޭގައި ފައިސާ ހުރިކަމެއް ނުވަތަ ނެތްކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިއަދު އޮންލައިން