9 ތަނެއްގައި ސްޓިކަރ ޖަހަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
9 ތަނެއްގައި ސްޓިކަރ ޖަހަން ފަށަނީ

9 ތަނެއްގައި ވެހިކަލް ޕާކްކުރުމުން ސްޓިކަރ ޖަހަން ނިންމައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިސްކިތްތައް ކައިރީގަ އާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތީގަ ޢާއި، ކަފިހިހުރަހާއި ދުވާރުމަތީގައާއި ސްކޫލްތައް ކައިރީގައާއި ހޮސްޕިޓަލްތައް ކައިރީގަ އާއި ބޭންކްތައް ކައިރީގަ އާއި ބޮޑުތަކުރުފާނުމަގުގެ ތާރުއެޅި ސަރަހައްދުގަ އާއި ފުލުހުންގެ ކޯން ނުވަތަ ބެރިކޭޑް ބަހައްތާފައި ހުންނަ ސަރަހައްދުތަކުގަ އާއި ޑަބަލް ލައިން ދަމާފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމުން ސްޓިކަރ ޖަހާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އަލުން ސްޓިކަރ ޖަހަން ނިންމީ ޤަވާއިދާއި ޚިލާފަށް ޕާކުކުރުމުން ގިނަ ބައަކަށް އެކަމުގެ ދަތިތައް ކުރިމަތިވެ ޝަކުވާ ހުށަހަޅަމުން ގެންދާތީ ކަމަށެވެ. އަދި ބަޔާންކުރެވިފައިވާ ތަންތަނުގައި ޕާކްކުރުމުން މިއަދުން ފެށިގެން ސްޓިކަރ ޖަހާނެ ކަމަށެވެ.

މިއަދު އޮންލައިން