ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން، ކޮމިއުނިޓީ ފަޔަރ ފައިޓަރ ހަފްތާއެއްގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ފެބުރުވަރީ 24ން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވާނެ ގޮތްތަކާއި އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތްތައް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. 

މީގެ އިތުރުން އަލިފާނުގެ ހާދިސާއެއްް  ހިނގައިފިނަމަ އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންވީ ކަންކަންކަމާއި އެފަދަ ހާލަތެއްގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް މިޕްރޮގްރާމްގެ ތެރެއިން އެނގިގެންދާނެއެވެ. އަދި ގޭބިސީތަކާއި މުއައްސަސާތަކުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

  ފުވައްމުލަކު ސިޓީގައި ހުރި މުއައްސަސާތަކުން 20 ބައިވެރިން މިޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.

މިއަދު އޮންލައިން