އައްޑޫ ސިޓީގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 59ސ
އައްޑޫ ސިޓީގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސްކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

 އައްޑޫ ސިޓީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮގްރާމްގެ ތެރެއިން، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ޖުމްލަ 1098 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި ދުއްވާ 712 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޚިލާފްވުމުގެ ސަބަބުން 48 ފަރާތެއް ޖޫރިމަނާ ކޮށް ނަސޭހަތްތެރިވެފައިވެއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި ދުއްވާ 376 އެއްގަމު އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޚިލާފަށް އުޅަނދު ދުއްވި 36 ފަރާތެއް ޖޫރިމަނާކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި ދުއްވާ 10 އުޅަނދު ބަލައިފާސްކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ ތިން މީހަކު ޖޫރިމަނާ ކޮށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ.

 

މިއަދު އޮންލައިން