މާލެއިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
މާލެއިން މަސްތުވާތަކެއްޗާއެކު  ދެމީހަކު ހައްޔަރުކޮށްފި

 ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މަަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް ގުޅިގެން، ފެބުރުވަރީ 19 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކުރީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަންގައި، ސައިކަލެއްގައި ދަނިކޮށް މިދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓާއި  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއްފެނިފައިވެއެވެ.

މި ދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

މިއަދު އޮންލައިން