ފުވައްމުލަކުގައި ފުލުހުންގެ ބަންދުގައިތިބި މީހުންނަށް ދީނީ ނަސޭޙަތް ދީފި

ކިޔުމަށް ހޭދަވާނީ 40ސ
ފުވައްމުލަކުގައި ފުލުހުންގެ ބަންދުގައިތިބި މީހުންނަށް ދީނީ ނަސޭޙަތް ދީފި

ތަފާތު އެކި މައްސަލަތަކާއި ގުޅިގެން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނަުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ދީނީ ނަސޭޙަތް ދީފިއެވެ.

ފެބުރުވަރީ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ދީނީ ނަސޭޙަތް ދިނުމުގެ މިޕްރޮގްރާމްގައި މަޢުލޫމާތުދީފައިވަނީ ‘ކިޔަމަންތެރިކަން’ މިމަޢުޟޫއަށެވެ. އެގޮތުން ރަސޫލު ބޭކަލުންގެ ޙަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަ ފުޅުގައި އެބޭކަލުންގެ ވާހަކަތަކުން ހުރިހާ އެންމެންވެސް އިބުރަތް ޙާސިލްކޮށްގެން ދިރިއުޅުން ބައްޓަންކޮށް އަމަލުތައް ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ދީނީ ނަސޭޙަތް ދެއްވާފައިވަނީ އައްޝައިޚް މުޙައްމަދު ޝިނާނެވެ.

އަދި ޕްރޮގްރާމަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަހަކު އެއްފަހަރު ކުރިޔަށް ގެންދާ  ސިލްސިލާ ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން