ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނަން: އިލެކްޝަންސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނަން: އިލެކްޝަންސް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނަނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމްކުރުމާއި ގުޅިގެންނެވެ.

ސްޕްރީމް ކޯޓުން މިއަދުކުރި ޙުކުމުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ޕާޓީތަކުގެ ޤާނޫނުގައި އޮންނަ މާއްދާ ޤާނޫނު އަސާސީ އާއި ޚިލާފް ކަމަށެވެ. މިގޮތަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުން އެ މާއްދާ މިހާރު ވާނީ ބާޠިލް މާއްދާއަކަށެވެ.

ސުޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސް ނުކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. 

މިއަދު އޮންލައިން