ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) އެމްޑީޕީ އިން ވަކިވެއްޖެއެވެ.
ޓްވިޓަ މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ރުކުމާ ފަޚުރުވެރިވާ ސިޔާސަތަކާއެކު ވުޖޫދުވި އެމްޑީޕީ ގައި އިޚްލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާތީ ހިތާމަކުރާ ކަމަށާއި ހިތާއި ރޫޙުން އަދި ޖާނާއި މާލުން ޤުރުބާންވި ޕާޓީ ކަމުގައިވާ އެމްޑީޕީން އިސްތިއުފާ ދިން ސިޓީ، އެޕާޓީގެ ސެކްރެޓޭރިއެޓް އާއި ހަވާލުކުރީ ހިތާމައާއިއެކު ކަމަށެވެ.
އެމްޑީޕީން މެމްބަރު ރުކުމާ ވަކިވިއިރު، އެޕާޓީގެ ޕްރައިމެރީގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ އޭނާ ވަނީ ނާކާމިޔާބުވެފައެވެ.
"އަޅުގަނޑު ޤަބޫލެއް ނުކުރަން ފްރީ އެންޑް ފެއަރ އިލެކްޝަނެއް ކަމަކަށް. އިންތިހާބުގެ ތެރޭގައި އަޅުގަނޑާއި ސީދާ ދެކޮޅަށް ބައެއް އިސްބޭފުޅުން ނިކުތް" ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރުކުމާ ވިދާޅުވިއެވެ.