އިންޑިއާއިން ރާއްޖެއައި ދިވެހި ފިރިހެނެއްގެ އަތުން 2 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އިންޑިއާއިން ރާއްޖެއައި ދިވެހި ފިރިހެނެއްގެ އަތުން 2 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި.

އިންޑިއާއިން ރާއްޖެ އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަސްޓަމްސުން 2 ކިލޯގެ ހަޝިޝް އޮއިލް  އަތުލައިގެންފިއެވެ. 

ކަސްޓަމްސް އިން ބުނީ  ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާ އާއިމެދު ޝައްކުކުރެވިގެން ބަލައިފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓެއްގައި ހުރި މުށި ކުލައިގެ ދިޔާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތި ކަސްޓަމްސުން އިތުރަށް ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. 

މިމައްސަލައިގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސްޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާ ކަމަށާއި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުން ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން