މިލަންދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
މިލަންދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

 ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިލަންދޫގައި މަސްތުވާތަކެތީގެ މައްސަލަަތައް އިތުރުވަމުންދާތީ ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. 

ފެބުރުވަރީ 26 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިއޮޕަރޭޝަންގައި، ސައިކަލެއްގައި ދުއްވާފައި ދިޔަ މިދެމީހުން ހުއްޓުވި ވަގުތު ސައިކަލު ފަހަތުގައި އިންމީހާ އެއްލައިލި އެއްޗެއް ފުލުހުން ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮައް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.

މިއަދު އޮންލައިން