ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މާބަނޑު އަންހެނެއްގެ ގައިގަ ރޭ ސައިކަލަކުން ޖެއްސީ ދަރިފުޅު ގޮވައިގެން ޓެކްސިއަކަށް އަރަން މަގު ހުރަސްކުރަނިކޮށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޓެކްސީއަށް އެރުމަށް ނަމަވެސް އަދި އެހެން ބޭނުމަކު ނަމަވެސް މަގުހުރަސްކުރާ މީހުންނަށް ބަލައިގެން ވެހިކަލް ދުއްވުމުގެ މުހިންމުކަން ފުލުހުން ގެންދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ބައެއް ފަހަރު ވެހިކަލްތައް، ޚާއްޞަކޮށް ސައިކަލް ދުއްވާ މީހުން މިކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ކިތަންމެ ހަނި ދޭތެރެއަކުން ނަމަވެސް ދެމިގަނެގެން އަވަހަށް ކުރިއަށްދާން ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުންނެވެ.
މާލެ އާއި ހުޅުމާލޭގައި މުދައު އަރުވައި ބޭލުމަށާއި ޓެކސީތަކަށް އަރަން ޚާއްޞަ ތަންތަން ހަމަޖެއްސުމުގެ ވާހަކައަކީ ފާއިތުވި އެތައް އަހަރަކު ދައްކަމުން އަންނަ ވާހަކަތަކެއް ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަދިވެސް ގެނެވިފައިނުވާކަން ފާހަގަކުރެވެއެވެ. މިފަދަ އިންތިޒާމެއް ހަމަޖައްސައިފިނަމަ ކުރިމަތިވާ މައްސަލަތައް މަދުވާނެކަން ޓްރާންސްޕޯޓް އޮތޯރިޓީންވެސް ފާހގަގަކުރެއެވެ. ނަމަވެސް އެފަދަ އިންތިޒާމެއް އަދިވެސް ހަމައެއް ނުޖައްސައެވެ.