މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގެ 16 ކޮންސްޓްރަކްޝަން ސައިޓެއް ބަލައި ފާސްކުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ މާލޭގެ 15 ކޮންސްޓްރަކްޝަން ސައިޓަކާއި ހުޅުމާލޭގެ އެއް ސައިޓް ބަލައި ފާސްކޮށްފައެވެ.
މީގެއިތުރުން އެކި މައްސަލަތަކުގައި މާލެ ސަރަޙައްދުގެ 281 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާއިރު އެއީ މާލޭގެ 171 ތަނަކާއި ހުޅުމާލޭގެ 32 ތަނަކާއި ވިލިމާލޭގެ 78 ތަނެއް ކަމަށް ވެސް އެމުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.
މާލެ ސަރަހައްދުގެ 310 ތަނަކަށް ފުލުހުން ޒިޔާރަތް ކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގޭބިސީތަކާއި ވިޔަފާރިތައް ހިމެނޭ ގޮތަށް ފުލުހުން ޒިޔާރަތް ކޮށްފައިވަނީ މާލޭގެ 250 ތަނަކާއި ހުޅުމާލޭގެ 51 ތަނަކާއި އަދި ވިލިމާލޭގެ 9 ތަނަކަށެވެ.
މިމަސައްކަތްތަކަކީ، މާލެތެރެ އަމާންކޮށް ބެލެހެއްޓުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން، "ނެއިބާހުޑް ޕޮލިސް" ގެ ފަރާތުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.