ވޯޓް ކަރުދާސް ޗާޕު ކޮށްދޭނެ ފަރާތެއް ހޯދުމަށް އީސީ އިން އިއުލާންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ވޯޓް ކަރުދާސް ޗާޕު ކޮށްދޭނެ ފަރާތެއް ހޯދުމަށް އީސީ އިން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓް ކަރުދާސް ޗާޕު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން އިއުލާންކޮށްފިއެވެ.

އީސީ އިން ބުނެފައިވަނީ އެ ކޮމިޝަނުންދޭ މައުލޫމާތާއި އެއްގޮތަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދިނުން މާދަމާ 14:00 ގައި އެކޮމިޝަނުގައި އޮންނާނެ ކަމަށެވެ. އަދި މިމަހު 10 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބީލަމަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް މިމަހު 10 ވަނަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން